ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މާލެސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.
އުމަރު މާލެސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި އެ ވާހަކަ ރިޕޯޓުވެސް ކޮށްފައިވެއެވެ. އެގޮތުން އުމަރު މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ބައެއް ދީނީ އިލްމުވެރިން ބާރު އަޅުއްވަމުން ގެންދަވާ ކަމަށްވެއެވެ.
މިކަމާއި ގުޅިގެން އުމަރު ވިދާޅުވީ އޭނާ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ
އުމަރަކީ ގޭންގް ކުށްތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރުކަށި ވިސްނުންތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް