ނޭޝަނަލް ރިފޯމް ޕާޓީ އާއި ކަރިސްމާ ޕާޓީ އުފައްދަން ހުށަހަޅައިފި

ނޭޝަނަލް ރިފޯމް ޕާޓީ އަދި ކަރިސްމާ ޕާޓީ ގެ ނަމުގައި ދެ ސިޔާސީ ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް އިއްޔައާއި މިއަދު ހުށަހަލާފައިވާކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބުރައީސް އަމްޖަދު މުސްތަފާ ވިދާޅު...

03 Jan 2019 | 11:36

ނޭޝަނަލް ރިފޯމް ޕާޓީ އަދި ކަރިސްމާ ޕާޓީ ގެ ނަމުގައި ދެ ސިޔާސީ ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް އިއްޔައާއި މިއަދު ހުށަހަލާފައިވާކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބުރައީސް އަމްޖަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

ކަރިސްމާ ޕާޓީ މޯލްޑިވްސް ގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމުގެ ހުއްދަ އަށް އެދިފައި ވަނީ މ. ކެލަމް މުހަންމަދު އިސްމާއީލް ކަމަށް އީސީއިން ހާމަކޮށްފައިވެއެވެ. އަދި ނޭޝަނަލް ރިފޯމް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދިފައި ވަނީ ސ.ފޭދޫ އިނގުރުމާގޭ މުހައްމަދު ދީދީއެވެ.

ނޭޝަނަލް ރިފޯމް ޕާޓީ އުފެއްދުމަށް ހުށަހެޅުއްވި، މުހައްމަދު ދީދީ އަކީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އެބޭފުޅާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތް ތަކުގައި ވެސް ޑރ. ޝަހީމް އާއިއެކު މަސައްކަތް ކުރައްވާފައެވެ.

މި ދެ ޕާޓީވެސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވާއިރު، ނޭޝަނަލް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް