މަގުމައްޗަށް ކުނި އެޅީ ހަނދުވަރީގޭ ތިންވަނަ ފަންގިފިލާގައި އުޅޭ މީހެއް: އީޕީއޭ

މާލޭ މަގުމައްޗަށް ކުނި އެޅި މީހަކު ޖޫރިމަނާ ކޮށްފި ކަމަށް އެންވައިރަމެންޓް ޕޮރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ. އިއްޔެ ކުރި ޓުވީޓެއްގައި އީޕީއޭ އިން ބުނެފައިވަނީ ކުނި އަޅައިގެން ޖޫރިމަނާކޮށ...

03 Jan 2019 | 11:03

މާލޭ މަގުމައްޗަށް ކުނި އެޅި މީހަކު ޖޫރިމަނާ ކޮށްފި ކަމަށް އެންވައިރަމެންޓް ޕޮރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އިއްޔެ ކުރި ޓުވީޓެއްގައި އީޕީއޭ އިން ބުނެފައިވަނީ ކުނި އަޅައިގެން ޖޫރިމަނާކޮށްފައި ވަނީ ހ.ހަނދުވަރީގެ ތިންވަނަ ފަންގިފިލާގައި ދިރިއުޅޭ މީހެއް ކަމަށެވެ. އަދި އޭނާ ޖޫރިމާނާ ކުރީ ހ.ސަނދުބަރަކަ ކައިރިއަށް ކުނިއަޅަން އުޅެނިކޮށް ކަމަށްވެސް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ބުނެފައިވާ ގޮތުގައި ޖޫރިމަނާ ކޮށްފައިވަނީ، ހެދިފައިވާ ގަވައިދު ތަކުގެ ދަށުން ކަމަށާއި އަދި ކުނި އުކުމުގެ ގަވައިދު ތަންފީޒުކުރުމަށް ފުލުހުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަަމަށެވެ.

"ސާފު ރާއްޖެ" އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގެ ރަށްތައް ސާފު ރަށްތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދީ އަދި މަގުތަކަށް ކުނިއެޅުން މަނާކޮށް އެކަން ބެލުމަށްޓަކައި އެންވަޔަރަމެންޓް ޕޮލިސް ތައަރަފް ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވަނީ، މީޑިއާގައި ވާހަކަ ދައްކަވަމުން ކުނި އެއްކޮށްފައި ހުންނަ ހިސާބުތަކާއި، މަގުމަތީގައި ކެމެރާ ބަހައްޓައި ކުނި އަޅައި މީހުން ދެނެގަނެ، ފިޔަވަޅު އަޅުއްވައި ނަންވެސް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް