ޑެޕިއުޓީ ކޮމިޝަނަ އޮފް ޕްރިޒަންސްގެ މަގާމަށް އަލްއުސްތާޒު އިބްރާހިމް މުހައްމަދު ދީދީ އައްޔަން ކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް އެހެން ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ހަސަން ޒިލާލް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
އިބްރާހީމް މުޙައްމަދު ދީދީއަކީ، 2006 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައެވެ.
އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީއަކީ ޝަރީއާ އެންޑް ލޯ ގެ ދާއިރާއިން ބެޗެލަާ ފެންވަރަށް ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް