ޅ.ކުރެންދޫގައި އޮތް ހާލުބޮޑު ބަލިމީހަކު ސިފައިންގެ ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި އެމީހާ މިއަދު މެންދުރު 12:50 ހާއިރު ހެލިކޮޕްޓަރުގައި މާލެ ވަނީ ގެނެސްފަ އެވެ. ހެލިކޮޕްަރު ޖެއްސީ އުސްފަސްގަނޑު ސަރަހައްދަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލިވެގެން ގެނައީ 77 އަހަރުގެ އަންހެނެކެވެ. އޭނާ މާލެ ގެނައީ ނޭވާލުމުގެ މައްސަލަ ތަކެއް ދިމާވެގެންނެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބެގެން ދުއްވާ ދެހެލިކޮޕްޓަރުގެ ބޭނުން ހިފުން ކުރީގެ ސަރުކާރުން ހުއްޓާލީ އެހެލިކޮޕްޓަރުތަކަކީ ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެތި ކަމަށް އިންޑިއާއިން ބުނި ނަަމަވެސް، އެހެލިކޮޕްޓަރުތައް އޮޕަރޭޓްކުރުމަށް ދިވެހިންނަށް ފުރުސަތު ނުދޭތީ އުފެދުނު ދެބަސްވުމެއްގެ ތެރޭގައެވެ. ނަމަވެސް، މިހާރުގެ ރައީސް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގެން، ހެލިކޮޕްްޓަރުތައް ރާއްޖޭގައި ބަހައްޓަން ނިންމާ، އިންޑިއާގެ ސިފައިންގެ ވިސާ ވަނީ އާކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް