ޓްރަމްޕް މޯދީއަށް ހަޖޫ ޖައްސަވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަޖޫ ޖައްސަވައިފިއެވެ. ޓްރަމްޕް ހަޖޫ ޖެއްސެވީ، މޯދީ އަފްޖާނިސްތާނުގައި ލައިބްރަރީ އެއް އެޅުއްވުމަށް ފައިސާގެ އެހީ ވެދެއްވ...

03 Jan 2019 | 07:41

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަޖޫ ޖައްސަވައިފިއެވެ.

ޓްރަމްޕް ހަޖޫ ޖެއްސެވީ، މޯދީ އަފްޖާނިސްތާނުގައި ލައިބްރަރީ އެއް އެޅުއްވުމަށް ފައިސާގެ އެހީ ވެދެއްވުމުން އެއީ ބޭކާރު ކަމެއް ކަމަށް ބުނެއެވެ.

ޓްރަންޕް މިހެން ވިދާޅުވެފައިވަނީ ބޭއްވި ކެބިނެޓް މީޓިން އެއްގައި، އެމެރިކާއިން އެހެން ގައުމުތަކަށް ކުރާ ހަރަދުތައް މަދުކުރަން ގެންގުޅުއްވާ ސިޔާސަތު ދިފާއު ކުރައްވަމުންނެވެ.

ޓްރަންޕް ވިދާޅުވި ގޮތުގައި މޯދީއާއި ބައްދަލުކުރެއްވި ދުވަހު، މޯދީ އެތައް ފަހަރަކު އަފްގާނިސްތާނުގައި ލައިބްރަރީއެއް އަޅައިދެއްވާ ވާހަކަ ބުނުއްވި ކަމަށެވެ. ޓްރަންޕް ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގައި ލައިބްރަރީ އެއް އެޅުމަށް އިންޑިއާއިން ހަރަދު ކުރި ވަރަކީ އެމެރިކާއިން ފަސް ގަޑިއިރުގެ ތެރޭގައި ހަރަދު ކުރާ ވަރު ކަމަށެވެ. އަދި ޓްރަންޕް ވިދާޅުވީ، އިންޑިއާއިން އަފްގާނިސްތާނުގައި ލައިބްރަރީ އެއް އަޅާތީ އެމެރިކާއިން އެކަމަށް ޝުކުރު އަދާކުރަން ވީތޯއެވެ. އަދި އަފްގާނިސްތާނުގައި އެ ލައިބްރަރީ ބޭނުން ކުރަނީ ކާކުބާއޭ ހިތަށް އަރައި ކަަމަށެވެ.

ޓްރަންޕް އެ އިޝާރަތް ކުރައްވަނީ ކޮން ޕޮރެޖެކްޓަކަށް ކަމެއް އަދި ސާފުވެފައި ނުވިއަސް، އިންޑިއާއިން ވަނީ އަފްގާނިސްތާނަށް ތިން ބިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ދީފައެވެ. މީގެ އިތުރުންވެސް އިންޑިއާއިން ވަނީ އަފްގާނިސްތާނުގެ ސުކޫލެއް މަރާމާތު ކޮށްދިނުމަށާއި wadi އިންޑިއާއިން ކިޔެވުމަށް 1000 ސްކޮލަޝިޕް ދިނުމަށް އެއްބަސްވެލައްވާފައެވެ.

މިދިޔަ މަހު އެމެރިކާއިން އެހެން ގައުމުތަކަށް ކުރާ ހަރަދު މަދުކުރުމުގެ ސިޔާސަތުގެ ދަށުން ސީރިއާއިން 2000 އެމެރިކާގެ ސިފައިން ބާލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް