ބޭއިންސާފުން ވަޒީފާ ގެއްލިފައިވާ 451 މައްސަލައެއް ބަލަށް ފަށައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅައިފަވާ ލަނޑުދަނޑިތައް ހާސިލުވި މިންވަރު ނޫސްވެރިންނާއި ހިއްސާކުރުމަށް ބޭއްވި ޕްރެޒެންޓޭޝަންގައި، ބުނެފައިވަނީ ކުރީގެ ސަރުކާރުން ބޭއިންސާފުން ވަޒީފާއިން ވަކިކުރި 451 މައްސަލަ ބަލަމުން ދާކަމަށެވެ.
ކުރީގެ ރައީސް ޔާމިނުގެ ސަރުކާރުގެ ދުވަސްވަރުގައި، ބޭއިންސާފުން ވަޒީފާއިން ކަނޑާލާފައިވާނަމަ އެކަމަށް ޝަކުވާ ހުށައެޅުމަށް ވަނީ މިދިޔަ ޑިސެމްބަރު މަހު ފުރުސަތު ހުޅުވާލާފައެވެ. ޝަކުވާ ހުށައެޅުއްވުމަށް 3 ޑިސެމްބަރުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ރާއިސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބޭއިންސާފުން ވަޒީފާއިން ކަނޑާލާފައިވާ ބޭފުޅުންގެ މައްސަލަތައް ބެލުމަށް ހާއްސަ ކޮމެޓީއެއް ވެސް އެކުލަވައިލައްވަވާފައެވެ. މި ކޮމެޓީން މަގުސަދަކީ، ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި، ސިޔާސީ ސަބަބުތަކަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވަޒީފާއިން ކަނޑާލާފައިވާ، ނުވަތަ ނުހައްގުން ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމެވެ.
މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގެ ވައުދު ތަކުގެ ތެރޭން އެއް ވައުދަކީ، ނުހައްގުން ވަޒީފާއިން ވަކިކުރައްވާފައިވާ ބޭފުޅުންނަށް އަނބުރާ ވަޒީފާ ހޯދައިދީ، އެފަދަ ބޭފުޅުންނަށް އިންސާފު ހޯދައިދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް