ރައީސް އޮފީހުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް އަންނަ ހަފުތާއިން ފެށިގެން އާންމުކުރައްވާނެ ކަމަށް ރައީސްއޮފީހުން ހާމަކޮށްފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ހާސިލްވި މިންވަރާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ،ނާއިބު ރައީސާއި ވަޒީރުން ހިމެނޭގޮތަށް ރައީސް އޮފީހުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަލީ ބަޔާންތައް އަންނަ ހަފްތާއިން ފެށިގެން އާއްމުކުރައްވާނެކަމަށެވެ.
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަލީ ބަޔާންތައް އާއްމުކުރުމަކީ ސަރުކާރުގެ ރީޔާސީ ވައުދަކަށް ވާއިރު، މާލީ ބަޔާންތައް އާއްމުކުރާނީ މިފަދަ ކަންކަން ބަލަމުން އަންނަ އެންޓިކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ފަދަ ތަންތަނުގެ މަޝްވަރާގެ މަތިންކަން ތަރުޖަމާނު ފާހަގަ ކުރެއްވިއެވެ.
އަންނަ ހަފުތާ އިން ފެށިގެން ރައީސް އޮފީހުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވިބޭފުޅުންގެ މާލީ ބަޔާންތައް އާންމުކުރައްވަން ނިންމަވާފައި ވާއިރު ސަރުކާރުގެ އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ފަރާތެއްގެ މާލީބަޔާންތައް މި އަހަރު އާންމު ކުރާނެކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް