އެތެރޭގެ އުދުހުންތައް ފަސޭހަ ވުމަކީ ޖަޒީރާ ރާއްޖެ އަށް މުހިންމު ކަމެއް: ރައީސް ސޯލިހު

ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފަސޭހަވެގެން ދިޔުމަކީ ޖަޒީރާ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. ރައީސް ސާލިހު ރޭގެ ވަގުތެއްގައ...

03 Jan 2019 | 05:50

ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފަސޭހަވެގެން ދިޔުމަކީ ޖަޒީރާ ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި، އެތެރޭގެ އުދުހުންތަކުގެ އަގު މޯލްޑިވިއަން އިން ހެޔޮކޮށްފައި ވާތީ އެކަން ފާހަގަ ކުރައްވާ ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމަކީ އެމަނިކުފާނުގެ ކޯލިޝަން ސަރުކާރުގެމެނިފެސްޓޯ "ޖަޒީރާ ރާއްޖޭ' ގެ ވައުދުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައެވެ.

މޯލްޑިވިއަންގެ އެތެރޭގެ އުދުހުން ތަކުގެ އަގުތައް 25-30 ޕަސެންޓާއި ދެމެދުގެ އަދަދަކަށް އަގުހެޔޮކުރިކަން އެކުންފުނިން ރޭ ކަށަވަރުކޮށްދީފައި ވާއިރު އެ އަގުތަކަށްއަމަލު ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް އެކުންފުނިން ހާމަކުރެއެވެ.

https://twitter.com/ibusolih/status/1080491875486711808?ref_src=twcamp%5Ecopy%7Ctwsrc%5Eandroid%7Ctwgr%5Ecopy%7Ctwcon%5E7090%7Ctwterm%5E3

އެންމެ ދުރުގައި އޮން އައްޑޫ ސިޓީއަށް ދަތުރުކުރުމަށް ކުރީގައި ރިޓާން ޓިކެޓު 3،500 ރުފިޔާ އަށް އުޅުނު ނަމަވެސް އަގުތަކަށް ގެނެވުނު ބަދަލުތަކަށް ފަހު، އެނެމް ބޯޑު ފެއަރ ގައި މި ޓިކެޓު 2665 އަށް ލިބޭނެ ކަން މޯލްޑިވިއަންއިން ވަނީ ހާމަކުރައްވާފައެވެ. އަދި ކުންފުނީގެ އަމާޒަކީ، މުޅި އަހަރު އެއްކޮށް އެންމެ ކުޑަ ފެއަރ ގައި ޓިކެޓުގެ އަގު ހިފެހެއްޓުންކަމަށާއި، އިތުރު ޕްރޮމޯޝަނަލް ފެއަރތައް ކުރިއަށް އޮތް ތަނުގައި ތައާރަފު ކުރެވޭނެކަމަށް މޯލްޑިވިއަންގެ ފަރާތުން މައުލޫމާތުދެއްވި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހަންމަދު ރިޒްވީ ވިދާޅުވިއެވެ.

ޑިޖިޓަލްކޮށް، އޮންލައިން ޕްރޮމޯޝަނަލް ފެއަރތައް ކުރިއަށްއޮތްތާގައި ތައާރަފުކުރާނެ ކަމަށާއި، ކުންފުނީގެ އަމާޒަކީ ޝެޑިއުލް އެއްގޮތަށް ހިފަހައްޓާ، ކުންފުނިންދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށްވެސް ރިޒްވީ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް