އައިޔޫއެމް އަށް އޮމާންގެ ޔުނިވަރސިޓީތަކުން އެހީވަނީ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް އޮމާންގެ ޔުނިވަރސިޓީތަކުން އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެެއްޖެއެވެ. އޮމާންގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، އިސްމާއިލް ބިން ނާސިރު ...

03 Jan 2019 | 05:01

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް އޮމާންގެ ޔުނިވަރސިޓީތަކުން އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެެއްޖެއެވެ.

އޮމާންގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، އިސްމާއިލް ބިން ނާސިރު ބިން ސައިީދު އަލް އައުފީ ވަނީ އައިޔޫއެމަށް ހާއްސަ ޒިޔާރަތެއް ކުރައްވާފައެވެ. މި ޒިޔާރަތުގައި އައިޔޫއެމަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ މަޝްވާރަތައް ވަނީ ބާއްވާފައެވެ.

އައިޔޫއެމްގެ ވައިސް ޗާންސެލަރ އައިޝަތު ހަލީލާ އަބްދުއްސައްތާރު ވަނީ އޮމާންގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް އާއި ބައްދަލުކުރައްވައި، ހާއްސަ މަޝްވަރާތަކެއް ދެފަރާތުން ކުރައްވާފައެވެ. މިމަޝްވަރާތަކުގައި އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ވެސް ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.

ދެފަރާތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، އޮމަންގެ ޔުނިވަރސިޓީތަކުން އައިޔޫއެމަށް އެކި ރޮނގު ރޮނގުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދެފަރާތުން އެެއްބަސް ވާގޮތުގެ މަތިން ކަންތައް ކުރުމަށް ވަނީ ނިންމާފައެވެ.

އައިޔޫއެމުން ވަނީ އޮަމާންގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް އަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް