ހިކެން ބޭސް ކެއުމަށްވުރެ މަށި ވެލި ކެއުންވެސް މާ ރަނގަޅު: ދިރާސާ

ބަރުދަން ލުއި ކުރުމަށް ނުވަތަ ހިކުމުގެ ބޭނުމުގައި ބޭސް ކެއުމަށްވުރެ މަށި ވެލި ކެއުން މާ ރަނގަޅު ކަމުގައި ދިރާސާއަކުން ދައްކައިފި އެވެ. މި ދިރާސާއަކީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން ކޮށްފައިވާ ...

03 Jan 2019 | 04:42

ބަރުދަން ލުއި ކުރުމަށް ނުވަތަ ހިކުމުގެ ބޭނުމުގައި ބޭސް ކެއުމަށްވުރެ މަށި ވެލި ކެއުން މާ ރަނގަޅު ކަމުގައި ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާއަކީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން ކޮށްފައިވާ ދިރާސާއެކެވެ.

ޗައިނާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ޔުނިވާސިޓީން ދިރާސާ ކުރަމުންދިޔައީ ހިކެން ބޭނުންކުރާ ބޭސްތައް ފަދަ ބޭސްތައް މާ ގިނައިން ކެއުމުން ސިކުނޑީގެ އުނިކަން އިންސާނާއަށް ލިބޭތީ އެކަމުގެ ހައްލެއްގެ ގޮތުގައި ބޭނުންކުރެވޭނެ ހައްލެއް ހޯދުމަށެވެ.

ނަމަވެސް އޮޅުމަކުން އެމީހުންނަށް ހޯދުނުގޮތުގައި މަށި ވެއްޔަކީ އިންސާނާގެ ހަށިގަނޑަށް އެތެރެވާ "ފެޓްސް" "އޮބްސޯބް" ކުރާ އެއްޗެކެވެ. އަދި މަށި ވެއްޔަކީ ހަޖަމުކުރާ ނިޒާމު "ބައިޕާސް" ކޮށްލާ އެއްޗެކެވެ.

މި ހޯދުން ހޯދުމުން މި ދިރާސާ ކުރި ޓީމުން، މީދާތަކެއް ދެ ގްރޫޕަކަށް ބަހާލުމަށްފަހު އެއް ގްރޫޕަށް ހިކޭ ބޭސް އަދި އަނެއް ގްރޫޕަށް މަށިވެލި "montmorrillonit" ދިނެވެ. ހިކޭ ބޭސް އަދި މަށި ވެލި އެ މީދާތަކަށް ދީފައިވަނީ އެ މިދާތަކަށް އާދަކޮށް ދޭ ކެއުންތަކުގެ އިތުރުންނެވެ.

މި ދިރާސާގެ ނަތީޖާ ދެއްކިގޮތުގައި މަށިވެލި ކާންދިން މިދާތަކުގެ ބަރުދަން މާ އަވަހަށް ލުއިވިއެވެ.

ނަމަވެސް މިދާސާ އަދި އާންމުކުރި ނަމަވެސް މަށިވެލި ކެއުމުން އިންސާނާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ވެދާނެތޯ އާއި މިކަމުގައި ސައިޑް އެފެކްޓެއް ވޭތޯ ފުރިހަމަ ދިރާސާއެއް ކުރަން ޖެހޭކަމަށް، މި ދިރާސާ ކުރި ޓީމުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް