އައު އަހަރަށް ތަހުނިޔާ އަދި މުބާރިކުބާދީއާއެކު އޭސް ހާޑްވެއަރ އިން ކަސްޓަމަރުންނަށް މަރުހަބާ ކިޔަނީ އައު ޕްރޮމޯޝަނަކާއިއެކުގައި އެވެ. މި ޖަނަވަރީގައި ޕްރޮމޯޝަން ހާއްސަ ކޮށްފައިވަނީ ބަދިގެތެރެ އަދި ގޭތެރެ ތަރުތީބު ކުރަން ގެންގުޅޭ ސާމާނުގައި އެވެ.
"މި ސޭލްގައި ޑިސްކައުންޓް އެޅުވިފައިވާ ބްރޭންޑްތަކުގެ ތެރޭގައި، ދުނިޔޭގެ ނަން މަޝްހޫރު ޓީފަލް ބްރޭންޑް، ޓަޓާއީ، ނޯޑިކް ވެއަރ އަދި ރާއްޖެއަށް މުޅި އައު ބްރޭންޑެއް ކަމުގައިވާ ފްރެޑް އެންޑް ފްރެންޑްސް ވެސް ހިމެނޭ" އޭސް ހާޑްވެއަރ އިން ހާމަކުރެ އެވެ.
އޭސް ހާޑްވެއަރ އިން ހާމަކުރާގޮތުގައި މި ސޭލްގައި ތެލި ސެޓު އަދި ބޭކްވެއަރ ފަދަ ތަކެތީގައި ވަރަށް ރަގަޅު ޑިސްކައުންޓު އަޅުވިފައި ހުންނާނެއެވެ. މިއާ އެކު ސޯޝަލް މީޑިއާގައި ލައިކް އެންޑް ކޮމެންޓު ކޮމްޕެޓިޝަންވެސް އެހެން މަސްތަކެކޭ އެއްގޮތަށް ކުރިއަށް ދާނޭ ކަމުގައިވެސް އޭސް ހާޑްވެއަރ އިން ހާމަކުރެ އެވެ.
އޭސް ހާރޑްވެއާރ އަދި ހޯމްސެނޓަރ އަކީ 1986 ގައި އުފަންވީ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިނގަމުންދާ ދެ ފިހާރައެވެ. މިގޮތުން 2011 ވަނަ އަހަރު ގައި ރާއްޖޭގައި ހުޅުވުނު އޭސް ހާރޑްވެއާރ އަކީ އޭސް އިންޓަނެޝަނަލް ޗިކާގޯ ޔޫއެސްއޭ އާއި އެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާރކް ރީޖަންގައި ހުޅުވުނު ފުރަތަމަ ފިހާރަ ކަން ފާހަގަ ކޮށްލެވެ އެވެ.
މިއަދު ރާއްޖޭގައި ހިންގަމުންދާ އޭސް ހާރޑްވެއާރގެ ދެ ފިހާރައަކީވެސް ދުނިޔޭގެ އެތަކެއް ނަން މަޝްހޫރު ބްރޭންޑްތަކުގެ ހާރޑްވެއާރ އަދި ތަފާތު ބާވަތްތަކުގެ ހޯމް އިމްޕްރޫވްމެންޓް ޕްރޮޑަކްޓްސް، ޕަވަރ ޓޫލްސް އަދި ސާފު ތާހިރު ކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރެކުރާ މަގުބޫލް ފިހާރައެވެ.
" އާ އަހަރާ އެކު މި މަހު މިބޭއްވޭ ސޭލްގައި އަންހެން ކަންބަލުންނަށް ވަރަށް އެކަށޭނަ ތަކެތި ހުންނާނެ، ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނު މިމަހު މިވިއްކާލަނީ ވަރަށްވެސް ހެޔޮއަގެއްގައި، ވީމާ މިފުރުސަތުގެ ބޭނުން ވަރަށް ރަގަޅަށް ހިފާނޭ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން" މި ޕްރޮމޯޝަނާއި ބެހޭގޮތުން އޭސް ހާޑްވެއަރ އިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް