ސިފައިން، ދިއްދޫގައި ހިންގާ މަލްޓިމީޑިއާ ކޯހުގެ ބައިވެރިންނާ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައިފި

ހއ.ދިއްދޫގައި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ހިންގާ ސެޓިފިކެޓް ތްރީ އިން މަލްޓިމީޑިއާ އެންޑް ވެބް ޑިޒައިނިންގ ކޯހުގެ ދަރިވަރުންނާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނ...

03 Jan 2018 | 05:10

ހއ.ދިއްދޫގައި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ހިންގާ ސެޓިފިކެޓް ތްރީ އިން މަލްޓިމީޑިއާ އެންޑް ވެބް ޑިޒައިނިންގ ކޯހުގެ ދަރިވަރުންނާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ހއ.ދިއްދޫ ސްކޫލު ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި ކޯހުގެ ދަރިވަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ދަރިވަރުންގެ މަސައްކަތްތައް ކައިރިން ބައްލަވާލެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ތަފާތު އިޙުސާސްތަކެއް ކުރެއްވުނު ކަމެއްކަމަށާއި މިކޯހުގެ ފައިދާ ދަރިވަރުންނަށް ކޮށްފައިވާ މިންވަރު އެނގިގެން ހިނގައްޖެ ކަމަށެވެ.

މިކޯހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފުރުސަތު ހުޅުވާލާފައިވާ ކޯހެއްކަން ފާހަގަކުރައްވަމުން، މިއީ ސަރުކާރުން ޚާއްސައެހީއަށް ބޭނުންވާ މީހުންނަށްދޭ އިސްކަން ހާމަވެގެންދާކަމެއްކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ހަމަ މިމޭރުމުން ވާހަކަފުޅުދައްކަވަމުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެއްދެވުމަށް ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުން ކުރައްވަމުންގެންދަވާ މަސައްކަތަކީ މުޖުތަމަޢު ބިނާކުރުމަށް ކުރެވޭ ވަރަށް މަތިވެރި މަސައްކަތެއްކަމަށާއި އެކަން އެގޮތުގައި ކުރިއަށް ގެންގޮސްދެއްވުމަށް ޑިފެންސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ހއ. އަތޮޅު ކައުންސިލާއި، ދިއްދޫ ކައުންސިލާއި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް ގުޅިގެން ހިންގާ ސެޓިފިކެޓް ތްރީ އިން މަލްޓި މީޑިއާ އެންޑް ވެބް ޑިޒައިނިންގ ކޯހުގައި ޖުމްލަ 280 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް