ތ މަޑިފުށި ކައިރީގައި އޮންނަ ގިރިއަކަށް ސަފާރީއެއް އުރިއްޖެ އެވެ.
ފުލުހުން ބުނީ މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން ފަށާފައިވާކަމަށެވެ.
އެގޮތުން 08:13 ހާއިރު މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާއިރު ސަފާރީގައި ތިބި މީހުން މިހާރު ވަނީ މަޑިފުއްޓަށް ގެންދެވިފައި ކަމުގައި ފުލުހުން ބުނެ އެވެ.
ސަފާރީއަށް ލިބުނު ގެއްލުމަކީ ކޮބައިކަމާއި ސަފާރީގައި ތިބީ ކިތައް މީހުންކަން ސާފުވާގޮތެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް