އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އޭނާގެ ރަސްމީ މޭޒުމަތީގައިވެސް ނިއުކްލިއާ ފިތެއް އިންނާނެ ކަމަށާއި އެ ފިތް، މާ ބޮޑުވާނެ ކަމަށް ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވަނީ ކޮށްފައިވާ ޓްވީޓެއްގައި އެވެ.
އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮން އުން ގެ މޭޒުމަތީގައި ނިއުކްލިއަރ ފިތެއް އިންނަ ކަމަށް ދާދި ފަހުން ބުނެފައިވާއިރު ޓްރަމްޕްގެ މޭޒުމަތީގައި ބޮޑު އަދި މަސައްކަތްކުރާ ނިއުކްލިއާ ފިތެއް އިން ވާހަކަ ކިމް ޖޮން އުން އަށް އަންގާލދިނުމަށް އެދޭކަމަށެވެ.
ޓްރަމްޕްގެ މި ޓްވީޓްގެ ރައްދުގައި ސުލްހައިގެ ވާހަކަތަކަށް އުތުރު ކޮރެއާއިން އެދުނު ކަމަށް އެމެރިކާއިން ބުނެ އެވެ. ނަމަވެސް އެ އެދުމަށް އިންކާރު ކުރާ ކަމުގައިވެސް އެމެރިކާއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް