މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންގެ ހިތްހެޔޮކަމާއި ބާއްވާ ގާތް ގުޅުމުގެ ސަބަބުން ހިތް އުފަލުން ފުރިއްޖެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާއި އަލަށް ހަވާލުވި، ޕޯޗުގަލް އަށް ނިސްބަތްވާ ރުބެން އަމޯރިމް ބުނެފިއެވެ.
"އަސްލު އަހަރެން ޔުނައިޓެޑުގެ ޓީމުގެ ކޯޗުކަމާއި ހަވާލުވިތާ އަދި މިވީ ކުޑަ ދުވަސްކޮޅެއް. އޯލްޓްރެފޯޑަށް އަދި އަހަރެން ވަރަށް އާ ވާނެ. ދަންނަ މީހަކުވެސް ނުކުންނާނެ. އެހެން ނަމަވެސް ޔުނައިޓެޑުގެ ކޯޗުކަމުގައި މިވީ މަދު ދުވަސްކޮޅުގެތެރޭގަ ފެނިގެން ދިޔައީ މުޅިން ތަފާތު ކަންތައް ތަކެއް. ޔުނައިޓެޑުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނީ ވަރަށް އާދަޔާއި ޚިލާފު އިތުބާރަކާއި ލޯތްބެއް. މިހާރު ކުރެވެނީ އަމިއްލަ ގޭގައި ހުރުމުގެ އިހުސާސް. ސަޕޯޓަރުން އަހަރެންގެ ހިތް އުފަލުން ފޮޅުވާލަދީފި." އަމޯރިން ބުންޏެވެ.
އަމޯރިމް ބުނީ ޔުނައިޓެޑާއި އެކު މަސައްކަތް ކޮށްލަން ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ބޮޑު ކުރިއެރުމަކާއި ހިތްހަމަ ޖެހުންތަކެއް ލިބެމުން އަންނަކަމަށެވެ. އެގޮތުން ފުރަތަމަ ކުޅުނު މެޗުން މޮޅެއް ނުހޯދުނު ނަމަވެސް މިހާރު ކަންކަން މަޑުމަޑުން ރަނގަޅުވަމުން އައިސް ނަތީޖާވެސް ނެރެވެމުން ދާކަމަށް އޭނާ ބުންޏެވެ.
އުމުރުން 39 އަހަރުގެ އަމޯރިމްގެ ކޯޗުކަމުގައި ޔުނައިޓެޑް އަދި މާ ގިނަ މެޗުތަކެއް ނުކުޅެއެވެ. މިހާތަނަށް އޭނާގެ ކޯޗުކަމުގައި ކުޅެފައިވަނީ އެންމެ ތިން މެޗެވެ. އޭގެތެރެއިން ދެ މެޗުން ވަނީ މޮޅުވެފައެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ.
އަމޯރިމް ވަނީ މީގެ ކުރިން ޕޯޗުގަލްގެ މަތީފަންތީގެ ބައެއް ކުލަބުތަކަކަށް ކޯޗުކަން ކޮށްދީފައެވެ. އޭގެތެރޭގައި ބްރާގާ، ސްޕޯޓިން ސީޕީ ހިމެނެއެވެ. އެންމެ ފަހުން ޔުނައިޓެޑަށް ބަދަލުވިއިރު، އޭނާ ހުރީ ސްޕޮޓިންގެ ކޯޗުކަމުގައެވެ.
އަމޯރިމްގެ ކޯޗިން ކެރިއަރު ފެށީ ބްރާގާއިންނެވެ. އޭގެ ފަހުން ސްޕޯޓިންގް ސީޕީއަށް ބަދަލުވެ، އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވެއެވެ. އެގޮތުން 2024-2023 ޕޯޗުގަލް ލީގާއި ޕޯޗުގަލް ސުޕަކަޕްވެސް ސްޕޯޓިންއަށް ވަނީ ހޯދައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް