އެގްރޯނެޓް ހުއްޓާލައިފި

ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންގެ އުފެއްދުންތައް ޕްރޮމޯޓްކޮށް އަދި އެ އުފެއްދުންތައް މާކެޓަށް ނެރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ކުރީ ސަރުކާރުން އުފެއްދި އެގްރޯނެޓް ކުންފުނީގެ ހުރިހާ މަސައްކަ...

02 Dec 2024 | 08:09

ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންގެ އުފެއްދުންތައް ޕްރޮމޯޓްކޮށް އަދި އެ އުފެއްދުންތައް މާކެޓަށް ނެރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ކުރީ ސަރުކާރުން އުފެއްދި އެގްރޯނެޓް ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް ހުއްޓާލައިފިއެވެ.

އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް ހުއްޓާލާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ. ދަނޑުވެރިންނާއެކު ހިންގަމުންދިޔަ ހުރިހާ މުއާމަލާތްތަކެއް އެދުވަހުން ފެށިގެން އެ ކުންފުނިން ވަނީ ހުއްޓާލާފައެވެ.

އެގްރޯނެޓްގެ މަސައްކަތްތައް ހުއްޓާލާފައިވާއިރު އެގްރޯނެޓާއި އެމްއައިޓީޑީސީ އުވާލަން ސެޕްޓެމްބަރު މަހުގެ ކުރީކޮޅު، ސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރުން އޭރު ނިންމީ އެގްރޯނެޓްގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްސީޒެޑް)ގެ ދަށަށް ބަދަލުކުރުމަށެވެ. އެގްރޯނެޓްގެ މަސައްކަތްތައް ހުއްޓާލައި މިހާރު ކުރިއަށްދަނީ އެމްއައިޑީއެފްސީޒެޑްގެ ދަށަށް އެގްރޯނެޓްގެ މަސައްކަތްތައް ބަދަލުކުރުމުގެ މަރުހަލާތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް