އުޅަނދެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

އުޅަނދެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ. އެ އިދާރާ އިން ބުނީ ކ.މާފުށީގެ އިރުދެކުނުން ނުވަ މޭލުން (030 53.771N, 0730 38.245E) އުޅަނދެއްގެ ބައެއް ދެނކުނަށް އޮޔ...

02 Dec 2021 | 18:50

އުޅަނދެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

އެ އިދާރާ އިން ބުނީ ކ.މާފުށީގެ އިރުދެކުނުން ނުވަ މޭލުން (030 53.771N, 0730 38.245E) އުޅަނދެއްގެ ބައެއް ދެނކުނަށް އޮޔާދާ ކަމަށެވެ.

އެހެންކަމުން އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ވަކިން ޚާއްޞަ ގޮތެއްގައި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އެ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް