މެކޭނިކަލް އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތަތަކަށް އެސްޓީއޯގެ ޚާއްސަ ފުރުސަތެއް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެކޭނިކަލް އިންޖިނިއަރިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ކުންފުނިން ބުނީ މިއީ މެކޭނިކަލް އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދާން ...

02 Dec 2021 | 18:43

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެކޭނިކަލް އިންޖިނިއަރިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ މިއީ މެކޭނިކަލް އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތަތަކަށް ޚާއްސަ ފުރުސަތެއް ކަމަށެވެ.

އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން މި ކޯހުގައި ބައިވެރިވާން ބޭނުންވާ މީހުން ކޯހަށް އެދި މިހާރު ހުށަހެޅޭނެ ކަމަށް ވެސް ބުންޏެވެ.

އެސްޓީއޯ އިން ބުނީ ފޯމް ހުށަހެޅުމުގެ ސުން ގަޑިއަކީ މި މަހުގެ 23 ވާ ބުރާސްފަތު ދުވަސް ކަމަށާއި މިއީ ބެޗްލަރސް އޮފް މެކޭނިކަލް އިންޖިނިއަރިންގ ކޯހެއް ކަމަށެވެ. އަދި ކޯހުގައި ހިންގާ ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ފޭސް ޓު ފޭސް" ކޮށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މި ކޯސް އަންނައަހަރުގެ ޖެނުއަރީ މަހުގައި ފަށާ ގޮތަށް ހަމަޖެހިފައިވާ އިރު، ކޯހަކީ 4 އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ ކޯހެއް ކަމަށާއި ކޯސް ކުރިއަށް ގެންދާނީ މާލޭގައި ހުންނަ ވިލާ ކޮލެޖުގައި ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

މި ކޯސް ފުރިހަމަ ކުރާ ދަރިވަރުން ބޮންޑެއްގެ ގޮތުގައި ކިޔަވައި ނިންމުމަށް ފަހު އެސްޓީއޯގެ ލޮޖިސްޓިކްސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މި ކޯހުގެ ޝަރުތަކީ އޭލެވެލް އިމްތިހާނުގެ ދެ މާއްދާއިން "އޭ" ފާސް ލިބިފައިވުން ހިމެނޭ އިރު، "އޭ" ފާސް ލިބޭ މާއްދާތަކުގެ ތެރޭގައި ހިސާބާއި ފިސިކްސް މާއްދާ ހިމެނެން ޖެހޭނެ އެވެ. ނުވަތަ އޭލެވެލް އަށްވުރެ މަތީ ފާހެއް ލިބިފައިވާ ނަމަވެސް މި ކޯހަށް ފޯމް ހުށަހެޅިދާނެ އެވެ.

މި ސްކޮލަރޝިޕާ ގުޅޭ އިތުރު މައުލޫމާތު އެސްޓީއޯގެ ނަންބަރު 3344282 އަށް ގުޅުމުން ލިބޭނެ ކަަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް