ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ ދެވަަނަ ވަގުތީ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި މިއީ 600 މީހުންގެ ޖާގައިގެ މިސްކިތުގައި ފިރިހެނުންނާއި އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާނެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މި މިސްކިތް ހަވާލުކުރީ 35 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށެވެ.
މިއީ ދަޢުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢު އެކެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއި ކުރެއްވީ ޑރ. އަހްމަދު ޒާހިރު އަލީއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 600 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަން މިއަދު ސޮއި ކުރި އިރު، އެ ސަރަހައްދުގައި މިހާރު ވެސް އަންނަނީ 450 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ބޭނުން ކުރަމުން ނެވެ.
އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ މި މިސްކިތަށް ކިޔަނީ “މަސްޖިދް އަމީލް ޖަލީލު” އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް