އިންޑިއާއިން ކޯވިޑް-19 ގެ އާ ވޭރިއަންޓު، އޮމިކްރޯން ފެނިއްޖެ

އިންޑިއާއިން ކޯވިޑް-19ގެ އާ ވޭރިއަންޓު، އޮމިކްރޯން ފެނިއްޖެ އެވެ. އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީން ހާމަކުރި ގޮތުގައި އެ ގައުމުން އާ ވޭރިއަންޓަށް ޕޮސިޓިވްވެފައިވަނީ ކަރްނާޓަކާ ސްޓޭޓުން ދެ މީހެކެ...

02 Dec 2021 | 18:33

އިންޑިއާއިން ކޯވިޑް-19ގެ އާ ވޭރިއަންޓު، އޮމިކްރޯން ފެނިއްޖެ އެވެ.

އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީން ހާމަކުރި ގޮތުގައި އެ ގައުމުން އާ ވޭރިއަންޓަށް ޕޮސިޓިވްވެފައިވަނީ ކަރްނާޓަކާ ސްޓޭޓުން ދެ މީހެކެވެ. އެއީ އުމުރުން 66 އަހަރާއި 46ގެ މީހެކެވެ.

އެމީހުންގެ ފަރާތުން ބަލީގެ މާބޮޑު އަލާމާތެއް ނުފެންނަ ކަމަށް ހެލްް މިނިސްޓްރީން ބުނެފައިވެ އެވެ. ދެމީހުން މިވަގުތު ތިބީ އެކަހެރިކޮށް އޮބްޒަވޭޝަންގައި އެވެ. އަދި ގުޅުން ހުރި މީހުން ޓެސްޓު ކުރުން މިހާރު ވަނީ ފަށާފަ އެވެ.

ކަރްނާޓަކާގެ އިތުރުން ވެރިރަށް ނިއުދިއްލީ އާއި މަހާރާޝްޓްރާއިން ވަނީ މި ވޭރިއަންޓު ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ކޯވިޑަށް ޕޮސިޓިވް ބަޔަކު ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންމެ ސްޓޭޓަކުން ހަ މީހުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ އޮމިކްރޯން ހަލުވި ކަމާއި އެކު ފެތުރޭ ވޭރިއަންޓަކަށް ވާތީ ސަމާލުކަމަށް ގެނެސްފަ އެވެ. މި ވޭރިއަންޓު ފުރަތަމަ ފެނިފައިވަނީ ސައުތް އެފްރިކާއިންނެވެ.

އެ ގައުމުގެ އިތުރުން މިހާތަނަށް އެ ވޭރިއަންޓު ފެނިފައިވަނީ ނިއުޒިލޭންޑް، އިސްރާއީލް، ހޮންގް ކޮންގް އަދި ބަންގްލަދޭޝް އާއި އިނގިރޭސިވިލާތުންނެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް