މިއަދުގެ ޕޮޒިޓިވް އަދަދުތައް ހުރީ 100 އިން މަތީގަ

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ. އެޗްޕީއޭއިން މިރޭ ހާމަކުރި މައުލޫމާތަށް ބަލާ އިރު، ފާއިތުވި 24 ގަޑިއިރު 143 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރ...

02 Dec 2021 | 17:26

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭއިން މިރޭ ހާމަކުރި މައުލޫމާތަށް ބަލާ އިރު، ފާއިތުވި 24 ގަޑިއިރު 143 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

އޭގެ ތެރޭގައި އަތޮޅުތަކުން 117 މީހުން ހިމެނޭ އިރު، މާލެއިން ޕޮޒިޓިވްވީ 22 މީހުން ނެވެ. އަދި ރިސޯޓްތަކުން 4 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 91،893 އަށް އަރާފަ އެވެ.

ރާއްޖެއިން ކޮވިޑު ބައްޔަށް މިވަގުތު 1،716 މީހަކު ފަރުވާ ހޯދަމުން އަންނައިރު، ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދެމުން އަންނަނީ 13 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 100 މީހުން ބަލިން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 89،913 އަށް އަރާފަ އެވެ.

މިބަލީގައި މިހައިތަނަށް 251 މީހަކު ވަނީ ނިޔާވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް