އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަހުމޫދު އަބޫބަކުރު މަރާލި ކަމަށް އެ މައްސަލައިގަ ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ސާ އަލް މިއާ'
(ސާލިމް) އެްބަސްވެފައޮވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލައިގަ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ސާލިމް އިތުރު ކުށްތައް ކުރި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
މޭޖަރ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މައްސަލާގައި ހައްޔަރުކޮށްފައިވާ ޝާ އަލޮމް މިއާ (ސާލިމް) ކޯޓަށް އިއުތިރާފުގެ ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އަންނަ ހަފުތާ ތެރޭ ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ސާލިމް ހައްޔަރުކޮށްފައިވާ އިރު، ތަހުގީގަށް އެނގުނު ގޮތުގައި މަހުމޫދު މަރާލިރޭގެ 9:00 ހާއިރު، ސާލިމް މަހްމޫދުގެ ފޯނަށް ގުޅައި ބައްދަލުކުރަން ސާލިމް ވަނީ ގޮސްފަ އެވެ.
މަހުމޫދަށް ފުރަތަމަ ހަމަލާ ދިނީ ސާލިމް ދިރިއުޅޭ ގެއަށް އެ ދެމީހުން (މަހްމޫދާއި ސާލިމް) އެކީގައި ވަދެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި، އެގެއަށް ވެއްދުމަށްފަހު އޭނާގެ ހަށިގަނޑު އެގެއިން ނެރެގެން ގެންދިޔައީ އޭގެ ފަސްގަޑިއިރު ފަހުންކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މަހުމޫދުގެ ހަށިގަނޑަށް ބޮޑެތި ޒަޚަމްތަކެއް ދީފައިވާއިރު، އޭނާ މަރާލުމަށް ބޭނުންކޮށްފައިވަނީ އެންމެ ހަތިޔާރެއް ނޫން ކަމަށާއި އޭގެ ދެތިން ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް