"ސްޓޭ ސޭފް އެފްލޯޓް- ލައިފް ޖެކެޓް ވެއަރ-އިޓް" ގެ ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއެމް) އިން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެއިން "ސްޓޭ ސޭފް އެފްލޯޓް- ލައިފް ޖެކެޓް ވެއަރ-އިޓް" ގެ ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް...

02 Dec 2021 | 11:10

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއެމް) އިން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެއިން "ސްޓޭ ސޭފް އެފްލޯޓް- ލައިފް ޖެކެޓް ވެއަރ-އިޓް" ގެ ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.

އެލައިޑް އަކީ އިންޝުއަރެންސް ދާއިރާއިން ވިޔަފާރީގެ ރޮނގުން ކާމިޔާބު ހަރުފަތްތަކެއް ކަޑައްތު ކުރަމުން އަންނަ ސަރުކާރު ހިިއްސާވާ އިންޝުއަރެންސް ކުންފުންޏެކެވެ.

އެންބީއެމް އިން މަޢުލޫމާތު ދެއްވާ ގޮތުގައި މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާނީ އެލައިޑް އިންޝުއަރެންސް ހިމެނޭހެން އެމްއެންޑީއެފް، ކޯސްޓްގާޑް، މެރިން ޕޮލިސް، ޓްރާންސްޕޯޓް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، އަލްޝާލީ މެރިން، އެމްއެންޔޫ މެރިޓައިމް ސްޓަޑީޒް އަދި މަޓީ ފަދަ ގިނަ ޕާޓްނަރުންގެ އެއްބާރު ލުމާއެކުއެވެ.

އެގޮތުން، މި ކެމްޕޭންގައި ރަށްރަށާއި ބަނދަރުތަކުގައި ހުންނަ ޓެކްޓިކަލް ބޯޑުތަކާއި، ޓީވީ ޗެނަލްތަކުގައި ވީޑިއޯ ބޭނުންކޮށްގެން ވިޝުއަލް އެވެއަރނެސް މީޑިއަމްތަކާއި، އައުޓްޑޯ ޓީވީއާއި ތައް ބޭނުން ކޮށްގެން މުވައްސަސާތަކާއި ސްކޫލްތަކުގައި އާންމު ރައްޔިތުންނަށް މެރިން އިންޑަސްޓްރީ ހިމެނޭގޮތަށް އެހެނިހެން ޖަމްޢިއްޔާތަކަށް ސެޝަންތައް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން ސިޓީ، އަތޮޅު، އަދި ރަށު ކައުންސިލްތަކަށް މި އެވެއާނެސް ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ އެލްޖީއޭގެ އެއްބާރުލުމާއެކުއެވެ. އެގޮތުން އެލްޖީއޭގެ އެއްބާރުލުމާއެކު އެ މުވައްސަސާތަކަށް ޑިޖިޓަލް އެވެއާނެސް ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ އެވެ.

އެންބީއެމް އިން މައުލޫމާތު ދެއްވާ ގޮތުގައި މި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ މި މަސްތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް