އޮސްޓްރިއާގައި މަސައްކަތް ކުރާ އޮޕަރޭޝަން ޑޮކްޓަރަކު ބަލިމީހާގެ ނުބައި ފައެއް ބުރިކޮށްލައިގެން ޖޫރިމަނާ ކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އޮސްޓްރިއާގެ ފްރެއިސްޓެޑްގައި އެވެ. އުމުރުން ދުވަސްވީ މީހާ ކްލިނިކަށް ދިޔައީ އޭނާގެ ވާއަތު ފައި ބުރިކޮށްލާށެވެ.
އެ އޮޕަރޭޝަން ކުރި އަންހެން ޑޮކްޓަރަށް އޮޅިގެން ކަނާއަތު ފައި ބުރިކޮށްލެވުނު އިރު ބަލިމީހާގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހެޅުމުން ޝަރީއަތުގައި ޑޮކްޓަރު ބުނެފައިވަނީ ވާއަތުފައިގެ ބަދަލުގައި އެމީހާގެ ކަނާއަތު ފައި ބުރިކޮށްލެވުނީ ކީއްވެކަން ނޭނގޭ ކަމަށެވެ. މި މައްސަލައިގަ އޭނާ 2،296 ޔޫރޯއިން ޖޫރިމަނާ ކުރި އިރު ޑޮކްޓަރު ކޯޓުގައި ބުނީ އޮޕަރޭޝަން ތިއޭޓަރުގައި މުއާމަލާތް ކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށެވެ.
އެމީހާގެ ނުބައި ފައި ބުރިކޮށްލާފަވާކަން އެނގުނީ ދެ ދުވަސް ފަހުން ބެންޑޭޖު ބަދަލު ކުރަން އުޅުމުގެ ތެރޭގައި އެވެ.
މި ހާދިސާގައި އޭނާގެ އިހުމާލު އޮތްކަން އެނގުމުން އެ ދުވަސްވަރު ޑޮކްޓަރު ވަނީ އެ ކްލިނިކުން ވަޒީފާއިން ވަކިވެ އެހެން ތަނެއްގައި މަސައްކަތް ކުރަން ފަށާފަ އެވެ.
މިފަދަ ހާދިސާ ތަކަކީ ވަރަށް މަދުން ހިނގާ ކަންކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް