ކަނޑައަޅާފައިވާ މުއްދަތުގައި އަހަރީ ފީ ވާނީ ދައްކާފަ: އައިލެންޑް އޭވިއޭޝަން

ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި އޮންނަ ފައިސާ ދައްކަން އޮންނަ މުއްދަތުގައި މިކުންފުނިން ވާނީ ދައްކާފައި ކަަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ. އެ ކުންފުނިން މިހެން ބުނ...

02 Dec 2021 | 09:32

ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި އޮންނަ ފައިސާ ދައްކަން އޮންނަ މުއްދަތުގައި މިކުންފުނިން ވާނީ ދައްކާފައި ކަަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނީ އަހަރީ ފީ ނުދައްކައިގެން އުވާލާ ކުންފުނިތަކުގެ ލިސްޓުގައި އެ ކުންފުނި ހިމެނިފައިވަނިކޮށެވެ.

އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި އޮންނަ ފައިސާ ދައްކަން އޮންނަ މުއްދަތުގައި އެކުންފުނިން ދައްކާފައިވާނެ ކަމަށެވެ. އެހެންކަމުން އެކަން އެންމެހާ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާކަމަށެވެ.

https://twitter.com/MaldivianAero/status/1466289716081291272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1466289716081291272%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F73252

އިކޮނޮމިކް މިނިސްޓްރީން އިއްޔެ އާންމު ކުރި ލިސްޓުގައި އަހަރީފީ ދައްކާފައިނުވާ 3،967 ކުންފުންޏެއް އުވާލުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އުވާލުމަށް ނިންމާފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންވާނަމަ އެކުންފުންޏަކުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިލްތިމާޒްތަކެއް ފުރިހަމަ ކުރުމަށްފަހު އަންނަ އަހަރުގެ ޖެނުއަރީ 31ގެ ކުރިން އެކަން އަންގައިދޭ ލިޔެކިޔުންތަކާއެކު ކުންފުނި ހިންގަން ބޭނުންވާކަން އަންގައި އެ މިނިސްޓްރީގެ ބިޒްނަަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އައިލެންޑް އޭވިއޭޝަންގެ ނަން އޮތީ އިކޮނޮމިކް މިނިސްޓްރީން އިއްޔެ އާންމުކުރި ލިސްޓުގެ 1754 ވަނައިގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް