ސައުތު އެފްރިކާ އިން ފެނުނު އޮމިކްރޯން ވޭރިއަންޓަށް ބޫސްޓަރ ވެކްސިނެއް އަންނައަހަރުގެ މާރޗު މަހު އް އުފެއްދޭނެކަމަށް މޮޑާނާ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އޮމިކްރޯންގެ ނުރައްކާ އެންމެ ފަސޭހައިން ކުޑަކުރެވެން އޮތީ އެ ވޭރިއަންޓްގެ ޖީންތައް ހިމެނޭ ގޮތަށް ކޮވިޑް 19ގެ ބޫސްޓަރ ޝޮޓެއް އުފައްދައިގެން ކަމަށެވެ. އަދި އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރޮއިޓަރސް އިން ބުނީ މިހާރުފަށާފައިވާ މަސައްކަތް އަންނައަހަރުގެ މާރޗު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ކޮވިޑް 19ގެ ގިނަ ވޭރިއަންޓްތަކަކަށް އަސަރުކުރާނޭ ފަދަ އެއް ވެކްސިން އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ މޮޑާނާ ކުންފުންޏާ ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނީ ވެކްސިންގެ މަރުހަލާގައި ފަހަރެއްގައި އިތުރުމަސްތަކެއް ވެސް ނަގާފާނެ ކަމަށެވެ.
އެކުންފުނިން އުފައްފައިވާ ވެކްސިންގެ ދެޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އޮމިކްރޯން ވޭރިއަންޓުން ވެސް ރައްކާތެރިކަން ލިބިފައިވޭތޯ ހޯދުމަށް ބެލުންތައް ބަލަމުން އަންނަ ކަމަށް ވެސް މޮޑާނާ އިން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް