ޓެކްނިކަލް އެސިސްޓަންސް އެގްރީމެންޓެއްގެ ދަށުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީއެއް ދީފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދެމިލިން ޑޮލަރުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭޑީބީ އާއި ދިވެހި ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިއީ 2،050،000 ޔޫއެސްޑީގެ ޓެކްނިކަލް އެސިސްޓަންސް އެގްރީމެންޓެއް ކަމަށެވެ.
މީގެ ތެރެއިން 2 މިލިޔަން ޑޮލަރަކީ ޖަޕާން ފަންޑް ފޯ ޕަވަރޓީ ރިޑަކްޝަންގެ ހިލޭ އެހީއެއް ކަމަށާއި މި ޓެކްނިކަލް އެސިސްޓެންސްގެ ސަބަބުން ކޮމިއުނިކަލް ޑިސީސް އައުޓް ބްރޭކްސް އަދި ޕެންޑެމިކް ރެސްޕޮންސް ހަރުދަނާކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އޮންލައިންކޮށް އޭޑީބީގެ އިސް ފަރާތްތަކާއި އެކު ބޭއްވި މި ރަސްމީއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީ ބައިވެރިވެވަޑައިގެންނެވި އެވެ.
https://twitter.com/MoFmv/status/1466284730358239236?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1466284730358239236%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F73238
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް