މަހްމޫދުގެ މަރު: ފުލުހުންގެ ޕްރެސް ކޮންފަރެންސްއެއް މިއަދު ބާއްވަނީ

އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ފެން ވަޅެއްގެ ތެރެއިން ފެނުނު މަހުމޫދު އަބޫބަކުރުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ޕްރެސް ކޮންފަރެންސެއް މިއަދު ބޭއްވުމަށް ނިންމައިފި އެވެ. ފުލުހުންގެ އިދާރާ އިން ...

02 Dec 2021 | 06:44

އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ފެން ވަޅެއްގެ ތެރެއިން ފެނުނު މަހުމޫދު އަބޫބަކުރުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ޕްރެސް ކޮންފަރެންސެއް މިއަދު ބޭއްވުމަށް ނިންމައިފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ޕްރެސް ކޮންފަރެންސް އޮންނާނީ މިއަދު މެންދުރުފަހު 3:45 ގައި އިސްކަންދަރު ބިލްޑިންގ ގައި ކަމަށެވެ.  އަދި ނޫސްވެރިންނަށް މައުލޫމާތު ދެއްވާނީ މޭޖަރ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު އާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސައީދު ކަމަށެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ގެއިން ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ އަލޮމް މިއާ (ސާލިމް) އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އޭނާ ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް