ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކާތީ ފުލުހުން ހޯދަމުން ދިޔަ ދެ ބިދޭސީން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކާތީ ފުލުހުން ހޯދަމުން ދިޔަ ދެ ބިދޭސީން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ. އެ މައްސަލައިގެ ތުހުމަތަށް ފުލުހުން ހޯދަމުން ދިޔައީ ބަންގުލަދޭޝްގެ މުހައްމަދު އިގްބާލ...

02 Dec 2021 | 06:20

ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކާތީ ފުލުހުން ހޯދަމުން ދިޔަ ދެ ބިދޭސީން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

އެ މައްސަލައިގެ ތުހުމަތަށް ފުލުހުން ހޯދަމުން ދިޔައީ ބަންގުލަދޭޝްގެ މުހައްމަދު އިގްބާލު ހޮސައިން (ޕާސްޕޯޓް ނަންބަރު EE0669802) އާއި ޝޮހެލް (ޕާސްޕޯޓް ނަންބަރު BC0463544) އެވެ.

ފުލުހުން ބުނެފައިވަނީ އެ ދެމީހުން ފުލުހުންގެ އިދާރާއަށް ގޮސް، ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން ދެމީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ ބިދޭސީން ފުލުހުންނާ އަމިއްލައަށް ހަވާލުވެފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހު ފުލުހުން ވަނީ ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކާ ދެ ބޮޑަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ހައްޔަރުކުރި ބަންގްލަދޭޝްގެ ރޮބީއުﷲ އާއި ހަމަ އެގައުމުގެ މުހައްމަދު ފިރްދައުސްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހު ޖަހާފަ އެވެ.

އެމީހުން ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކާ ހަަދަމުން އަންނަ އިރު، ސައްހަ ނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖޭން ބޭރަށް ފޮނުވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތު ކޮށްފަ އެވެ.

މި ދެ މީހުންނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް