ޓްރީ ޓޮޕް ހޮސްޕިޓަލުގެ "ޙިތާނީ ކޭމްޕް 2021" އަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިތާނީ ކޭމްޕް 2021 އަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ހޮސްޕިޓަލުން މައުލޫމާތުދެއްވާގޮތުގައި މި ޙިތާނީ ކޭމްޕް 2021 ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 15 ޑި...

02 Dec 2021 | 06:02

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިތާނީ ކޭމްޕް 2021 އަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން މައުލޫމާތުދެއްވާގޮތުގައި މި ޙިތާނީ ކޭމްޕް 2021 ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 15 ޑިސެމްބަރ އިން 16 ޖަނަވަރީ 2021ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުއެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިތާނީ ކޭމްޕް 2021 އިތުރަށް ފުޅާކުރެވި ހަ ޑޮކްޓަރުން މިއަހަރު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިއަހަރު ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ޙާއްސަ ޑޮކްޓަރުން، ޑރ. ރިޝީ ކާންތް އާރިޔަލް، ޑރ. ޢަބްދުﷲ އުބައިދު، ޑރ. މައުމޫން އާސިމް ޑރ. މުހައްމަދު ޝަރީފް، ޑރ. އައިޝަތު އަޒްނާގެ އިތުރުން، ކުޑަކަމުދާ ނިޒާމްގެ ޚާއްސަ، ޑރ. މެހްމެތު އޯޑަރ ހިމެނިވަޑައިގަންނަވައެވެ. މި އައު ބަދަލާއެކު މިއަހަރުގެ ޙިތާނީ ކޭމްޕް 1 މަސް ދުވަހަށް ފުޅާކުރެވި 200 އަށްވުރެން ގިނަ ކުދިންނަށް ޖާގަ ހުޅުވިފައިވެއެވެ. " އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މިއަހަރުގެ ޙިތާނީ ކޭމްޕްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޙިތާނީ ކޭމްޕްގައި ބައިވެރިވުމަށް 3351610 ގުޅުއްވައިގެން ނަންނޯޓުކުރެވޭނެއެވެ. ޙިތާނީ ޕެކޭޖްގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4000ރ އެވެ. އަދި ބާއްވާ ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރައިވެޓް ކޮޓަރިތަކަށް ޚާއްސަ އަގުތަކެއް އެކުލަވާލާފައިވެއެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް 3351610 އަށް ގުޅުއްވާ، ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް