ދައުލަތަށް ނުހަނު ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ޚަރަދުގައި ފުވައްމުލަކުގައި ބިނާކޮށްދެއްވި މިސްކިތް ހުޅުވައިފި އެވެ.
އުމަރު ޒާހިރުގެ އަމިއްލަ ޚަރަދުގައި ބިނާކޮށް ދެއްވި މި މިސްކިތް "މަސްޖިދުއް ސިއްދީޤު" ހުޅުވައިދެއްވީ އެކަމަށްޓަކައި ފުވައްމުލަކު ފުނާޑު އަވަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެގޮތުން "މަސްޖިދުއް ސިއްދީޤު" ހުޅުވައި ދެއްވާފައި ވަނީ އިއްޔެގެ އަސްރު ނަމާދަށްފަހު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިސްކިތް ހުޅުވައިދެއްވާ ޑރ. ޝަހީމް ވާހަކަ ފުޅު ދައްކަވަމުން ވިދާޅުވީ މިސްކިތް ބިނާ ކުރުމަކީ ވަރަށް މަތިވެރި ދަރުމައާއި ސަވާބު މާތް ﷲ މިންވަރު ކުރައްވާ ކަމެއް ކަމުގަ އެވެ.
ކީރިތި ޤުރުއާނުން ދަލީލު ދައްކަވަމުން ޑރ. ޝަހީމް ވަނީ މިސްކިތް ބިނާކުރުމުގެ މާތްކަމާއި މަތިވެރި ކަމާއި ބެހޭގޮތުން ވާހަކަ ފުޅުދައްކަވާފަ އެވެ.
އެގޮތުން މިސްކިތްތަކަކީ ބިންމަތީގައިވާ މާތްﷲގެ ގެކޮޅު ކަމަށާއި، އެތަންތަނަކީ އެކަލާނގެ ނޫރުފުޅު ޒިކުރު ކުރެވޭ ތަންތަން ކަމުގައި ޑރ. ޝަހީމް ވިދާޅުވި އެވެ. އަދި މިސްކިތްތައް މަރާމާތުކުރުމާއި މިސްކިތް ބިނާކުރުމާއި މިސްކިތަށް ޚިދުމަތް ކުރުމުގެ ތައުފީގު މާތްﷲ ދެއްވަނީ ހިދާޔަތުގެ އަހުލުވެރިންނަށް ކަމަށް ވެސް ޑރ. ޝަހީމް ވަނީ ފާހަގަ ކުރައްވާފަ އެވެ.
https://twitter.com/Mohamedshaheem1/status/1466016472241610754?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1466016472241610754%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fras.mv%2Fpost%2F18616
ރައީސް މައުމޫނުގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ދައުލަތައް ޚިދުމަތް ކުރައްވާފައިވާ އުމަރު ޒާހިރުގެ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި ހުޅުމާލެ ހިއްކުމާއި ތިލަފަޅު ހިއްކުން ފަދަ މަޝްރޫޢުތައް ހިމެނެ އެވެ.
އެ މަސައްކަތުގެ މޭސްތިރި ކަމުގައި ވެވަޑައިގެން ޢުމަރު ޒާހިރު އޭރު ހުންނެވީ ހައުސިންގ މިނިސްޓަރުގެ މަގާމުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް