އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ވެޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެ ތާވަލުގެ އެއްވަނަ މަޤާމު ދަމަހައްޓައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ ވަޓްފޯޑް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޗެލްސީންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ކައި ހަވާޓްޒް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަޓްފޯޑުން ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ހާފުގެ 43 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމަނުއެލް ޑެނިސްއެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް މެޗުުގެ ދެވަނަ ހާފުގައި ޗެލްސީން ވަނީ ދެވަނަ ލަނޑެއް ޖަހާ މެޗުގަި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މައުންޓްގެ އެހީތެރިކަމާއި އެކު މި ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަކީމް ޒިޔެކެވެ.
މި މެޗުން މޮޅުވެ ޗެލްސީން ތާވަލުގެ އެއްވަނަ މަގާމު ދެމެހެއްޓިއިރު، އެޓީމު އެއްވަނާގައި އޮތީ ކުޅުނު 14 މެޗުން ލިބުނު 33 ޕޮއިންޓާއި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް