ތިންވަނަ ކުއާޓަރުގައި ރާއްޖެއަށް ފަތުރުވެރިން އައި އަދަދަށް ކުރިއެރުމެއް

ތިންވަނަ ކުއާޓަރުގައި ރާއްޖެއަށް ފަތުރުވެރިން އައި އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ޢާއްމުކޮށްފައިވާ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުން ދަ...

02 Dec 2021 | 04:44

ތިންވަނަ ކުއާޓަރުގައި ރާއްޖެއަށް ފަތުރުވެރިން އައި އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ޢާއްމުކޮށްފައިވާ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުން ދައްކައިފި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ ޢަދަދަށް ވެސް ވަނީ ކުރިއެރުން ލިބިފަ އެވެ.

އެގޮތުން ބެޑް ނައިޓްގެ ޢަދަދުވަނީ %39އަށް އިތުރުވެފައިވީނަމަވެސް ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު ތިންވަނަ ކުއާޓަރުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުުރާ ޗުއްޓީގެ ދިގުމިންވަނީ ކުރުވެފަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ދެވަނަ ކުއާޓަރުގައި ފަތުރުވެރިން އެވްރެޖްކޮށް 11 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރި އިރު، ތިންވަނަ ކުއާޓަރުގައި އެވްރެޖު ގޮތެއްގައި ޗުއްޓީ ހޭދަކޮށްފައިވަނީ 9 ދުވަހު އެވެ.

ފަތުރުވެރިކަމުގެ އެނދުގެ ޢަދަދަށް ބަލާއިރު، މިއަހަރުގެ ތިންވަނަ ކުއާޓަރގައި އޮޕަރޭޝަނަށް ގެނެސްފައިވާ އެނދުގެ ޢަދަދަށް ވަނީ ކުރިއެރުން ލިބިފަ އެވެ. ފަތުރުވެރިކަމުގެ އެނދުގެ އެންމެ ބޮޑު ބައެއް ހިއްސާ ރިސޯޓުތަކުން ކުރާ އިރު، %73 ރިސޯޓުތަކުން ހިއްސާކުރެ އެވެ. އަދި ގެސްޓުހައުސްތަކުގެ ހިއްސާއަކީ %18 އެވެ.

ރިސޯޓުތަކުގެ އޮކިއުޕެންސީއަށް ބަލާއިރު، 3ވަނަ ކުއާޓަރ ނިމުނުއިރު، މި ޢަދަދު ހުރީ %61 ގައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު މި ޢަދަދު ހުރީ 47 ގަ އެވެ. އަދި މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރގައި ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް އެވްރެޖްކޮށް ހުރީ %10ގައި ކަމަށް ވެސް އެމްއެމްއޭގެ ރިޕޯޓުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް