ކަންތައް ބޮޑުވެފަ، ޝަރުތު ގިނަކަމުން ކެޓްރީނާ ކައިވެންޏަށް ދައުވަތުދިން މީހުން ފޫހިވެފައި!

ބޮލީވުޑްގެ ތަރިން ކަމަށްވާ ވިކީ ކައުޝަލް އާއި ކެޓްރީނާ ކައިފްގެ ސިއްރު ކައިވެންޏަށް ދައުވަތުދިން މީހުން ފޫހިވާވަރަށް ޝަރުތު ކަނޑައަޅާފައިވާ ކަމަށް އެމީހުން ބުނަން ފަށައިފި އެވެ. ވިކީ އާއި ކެޓްރީނާގެ ކ...

02 Dec 2021 | 00:22

ބޮލީވުޑްގެ ތަރިން ކަމަށްވާ ވިކީ ކައުޝަލް އާއި ކެޓްރީނާ ކައިފްގެ ސިއްރު ކައިވެންޏަށް ދައުވަތުދިން މީހުން ފޫހިވާވަރަށް ޝަރުތު ކަނޑައަޅާފައިވާ ކަމަށް އެމީހުން ބުނަން ފަށައިފި އެވެ.

ވިކީ އާއި ކެޓްރީނާގެ ކައިވެނި އޮތީ މިމަހުގެ 6-9 އަށް އިންޑިއާގެ ރާޖިސްތާނުގައި އެވެ. ކައިވެންޏަށް ދެ ފަރާތުން ފުރިހަމައަށް ތައްޔާރުވެފައި ވީނަމަވެސް ރަސްމީކޮށް އިއުލާނުކޮށް، ކައިވެނި ކުރާކަން ހާމަ ކުރުމަށް ދަނީ އިންކާރު ކުރަމުންނެވެ. ކެޓްރީނާ ވަނީ އޭނާ ކައިވެނި ކުރަން ނޫޅޭ ކަމަށްވެސް ބުނެފަ އެވެ.

އެކަމަކު ދެމީހުންގެ ސިއްރު ކައިވެނީގެ ހުރިހާ މައުލޫމާތުތަކެއް ގާތް މީހުން ލީކު ކުރަމުންދާއިރު ދައުވަތުދިން މީހުންގެ ލިސްޓުވެސް ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ހިމެނޭ ބައެއް މީހުން ނަން ހާމަ ނުކުރާގޮތަށް ދައުވަތު ލިބިފައިވާ ކަން މީޑިއާއަށް ޔަގީންކޮށްދެމުންދާއިރު އެމީހުންގެ ހިތްހަމަ ނުޖެހުންތައް ވަރަށް ގިނަ ކަމަށް ދަނީ ބުނަމުންނެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު މީހަކު މީޑިއާގައި ބުނީ އޭނާއަށް ކެޓްރީނާ އާއި ވިކީގެ ކައިވެންޏަށް ދައުވަތު ލިބިފަ ވާކަމަށެވެ. އެކަމަކު ޝަރުތު ގިނަވެފަ ހަފްލާތައް ސިއްރު ކުރަން މެހެމާނުން އަމަލު ކުރަން ކަނޑައަޅާފައިވާ އުސޫލުތަކުގެ ސަބަބުން އޭނާއަށް ދައުވަތު ދިން މަގުސަދު އޮޅޭ ކަމަށް ބުނެފައިވެ އެވެ.

ވިކީއާއި ކެޓްރީނާގެ ކައިވެނީގެ ހަފްލާތައް ކުރިޔަށްދާ ހަތަރު ދުވަހު އަމަލު ކުރަން ޖެހޭގޮތަށް ކަނޑައަޅާފައިވާ ޝަރުތުތައް ކޮންމެ ދުވަހަކު ބަދަލުވާ ކަމަށް ބުންޏެވެ. އޭނާ ބުނީ އެއްވެސް ހަފްލާއެއް ވީޑިއޯކޮށް ފޮޓޯ ނެގުން މަނާކޮށްފައިވާއިރު ހަފްލާތަކަށް ފޯނު ވެއްދުން މަނަލެވެ.

އަދި އެ މުއްދަތުގައި މެހުމާނުން ސޯޝަލް މީޑިއާގައި އެއްޗެއް ހިއްސާ ކުރާ ނަމަ އެކަން ކުރެވޭނީ ވިކީ އާއި ކެޓްރީނާގެ ޓީމުގެ ހުއްދަ އާއި އެކު ކަމަށް ދައުވަތުގައި ބުނެފައިވާ ކަމަށެވެ. މިކަންކަމާއި ހިތްހަމަ ނުޖެހިގެން އެމީހާ ބުނެފައިވަނީ ސިއްރު ކައިވެނިތަކަށް ދައުވަތު ދޭން ވާނީ އިތުބާރު ކުރެވޭ އަދި އެ މެހުމާނަކަށް އިތުބާރު ކުރާނަމަ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ކައިވެންޏަށް ދައުވަތުދިން ގެސްޓުން ލައްވައި ވިކީ އާއި ކެޓްރީނާގެ ޓީމުން ދަނީ މިކަންކަމަށް އެއްބަސް ކުރުވައި އެގްރިމެންޓެއްގައި ސޮއި ކުރުވަމުންނެވެ.

އެހެންވެ ގިނަ ބަޔަކު ދަނީ އެމީހުންގެ ދެ އަހަރުވީ ލޯބީގެ ގުޅުން ސިއްރުކޮށްގެން އުޅުނުހެން ކައިވެނި ސިއްރު ކުރަން ކުރަމުންދާ ބުރަ މަސައްކަތަށް ފާޑުކިޔަމުންނެވެ. އަދި ޕްލޭނާއި އެއްގޮތަށް ކައިވެނި ސިއްރުން ކުރެވޭނެތޯ ދަނީ ސުވާލު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް