ގައުމީ ސަލާމަތައްޓަކައި ޗައިނާގެ ކުންފުނިތަކެއް އެމެރިކާއިން ބްލެކް ލިސްޓުކޮށްފި

ޗައިނާގެ 12 ކުންފުންޏެއް ހިމެނޭހެން ރަޝިއާ އާއި ޕާކިސްތާނު އަދި ޖަޕާނާއި ސިންގަޕޫރު ކުންފުނިތަކެއް އެމެރިކާއިން ބްލެކް ލިސްޓުކޮށްފި އެވެ. ބްލެކް ލިސްޓު ކުރި ގިނަ ކުންފުނިތަކަކީ ޓެކްނޮލޮޖީ ކޮންފުނިތަކެ...

02 Dec 2021 | 00:22

ޗައިނާގެ 12 ކުންފުންޏެއް ހިމެނޭހެން ރަޝިއާ އާއި ޕާކިސްތާނު އަދި ޖަޕާނާއި ސިންގަޕޫރު ކުންފުނިތަކެއް އެމެރިކާއިން ބްލެކް ލިސްޓުކޮށްފި އެވެ.

ބްލެކް ލިސްޓު ކުރި ގިނަ ކުންފުނިތަކަކީ ޓެކްނޮލޮޖީ ކޮންފުނިތަކެވެ.

އެމެރިކާގެ ކޮމާޝަލް ޑިޕާޓްމެންޓު ބިއުރީ އޮފް އިންޑަސްޓްރީސް އެންޑް ސެކިއުރިޓީ (ބީއައިއެސް) އިން ބުނީ އެކި ގައުމުތަކުގެ ޖުމްލަ 27 ކުންފުންޏެއް ބްލެކް ލިސްޓު ކޮށްފައިވާ ކަމަށެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ އެމެރިކާގެ ފޮރިން ޕޮލިސީ އާއި ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ ކަންކަން އެ ކުންފުނިތަކުން ކުރުން ކަމަށެވެ.

އޭގެ ތެރޭގައި އެމެރިކާއި ހުޅަނގުގެ ގައުމުތަކުގެ މައުލޫމާތުތައް އީރާނަށް ވިއްކާކަމަށް ތުހުމަތު ކުރާ ކުންފުނިތައް ހިމެނެ އެވެ.

ބްލެކް ލިސްޓު ކުރި ޗައިނާގެ ބައެއް ކުންފުނިތަކަކީ އެމެރިކާގައި ތައްޔާރުކޮށްގެން ޓެކްނޮލޮޖީ އެޕްލިކޭޝަންތައް ޗައިނާ އަސްކަރިއްޔާއަށް ވިއްކާ ނުވަތަ ދޭ ކުންފުނިތަކެވެ.

ޕާކިސްތާނު ކުންފުނިތަކުގެ ތެރެއިން ބްލޮކް ކުރީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅުން ބަދަހި ކުރާ ކުންފުނިތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް