ފަށް ވިއްކަން ގެއަކަށް ވަތްން މީހެއްގެ ބޯ ފަޅާލައިފި

ގަލޮޅު ގެއަކަށް ފަށެއް ވިއްކަން މާލޭގެ ގެއަކަށް ވަތް މީހެއްގެ ބޯފަޅާލައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ދެމީހަކު ފަށެއް ވިއްކަން ގަލޮޅު ގެއަކަށްވަދެ ހިންގި ހަމަނުޖެހުމެއް...

02 Dec 2019 | 15:24

ގަލޮޅު ގެއަކަށް ފަށެއް ވިއްކަން މާލޭގެ ގެއަކަށް ވަތް މީހެއްގެ ބޯފަޅާލައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ދެމީހަކު ފަށެއް ވިއްކަން ގަލޮޅު ގެއަކަށްވަދެ ހިންގި ހަމަނުޖެހުމެއްގެ ތެރެއިން އެގޭ މީހެއް ފިހިގަނޑަކުން، ފަށް ވިއްކަން އުޅުނު މީހާގެ ބޮލުގައި ޖެހުމުންނެވެ.

އަނިޔާ ލިބިފައިވާ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެން މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާނެ ކަމަށާއި އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް