ގެމަނަފުށީ ސްކޫލުގައި 10 ކްލާސްރޫމް އަދި ނޮޅިވަރަމް ސްކޫލްގައި ހަ ކްލާސްރޫމް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގއ.ގެމަނަފުށި ސްކޫލް 10 ކްލާސްރޫމް އަދި ހދ.ނޮޅިވަރަމް ސްކޫލް 06 ކްލާސްރޫމް އިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއީ PSIP 2019 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެ...

02 Dec 2019 | 12:34

ގއ.ގެމަނަފުށި ސްކޫލް 10 ކްލާސްރޫމް އަދި ހދ.ނޮޅިވަރަމް ސްކޫލް 06 ކްލާސްރޫމް އިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ PSIP 2019 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ ސުވިފްޓް އިންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑްއާއެވެ.

އެފަރާތުން ގއ.ގެމަނަފުށި ސްކޫލް 10 ކްލާސްރޫމް އިމާރާތްކުރުމަށް ހުށަހަޅުއްވާފައިވަނީ  9,901,908.07 ( ނުވަ މިލިއަން ނުވަލައްކަ  ނުވަސަތޭކަ އަށް ރުފިޔާ ހަތް ލާރި)  އަދި ހދ.ނޮޅިވަރަމް ސްކޫލް 06 ކްލާސްރޫމް އިމާރާތްކުރުމަށް ހުށަހަޅުއްވާފައިވަނީ 7,181,734.61 (ހަތް މިލިއަން އެއްލައްކަ އަށްޑިހަ އެއް ހާސް ހަތްސަތޭކަ ތިރީސް ހަތަރު ރުފިޔާ ފަސްދޮޅަސް އެއް ލާރި) އަށް މި ދެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. ސުވިފްޓް އިންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ހިލްމީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް