ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ގާޒީ ކަމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައިފިއެވެ.
ހައިލަމްގެ ސުލޫކީ މައްސަލަ ޖުޑިޝަރީ ކޮމިޓީއިން ބެލުމަށް ފަހު ނިންމީ ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށެވެ.
ހައިލަމް ވަކިކުރުމަށް މިހާރު ވަނީ ތަޅުމަށް ފޮނުވާފައެވެ.
ގާޒީ ހައިލަމް ސަސްޕެންޑު ކުރީ ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގައި އޭނާ ހުކުމް ކުރައްވަން ދެތިން ގަޑިއިރަށް ވެފައި ވަނިކޮށެވެ
ޖޭއެސްސީން ރޭ ބޭއްވި ކޮމިޝަނުގެ 87 ވަނަ ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ކޮމިޝަނުން ބުނެފައިވަނީ ހައިލަމް ފަނޑިޔާރުކަމުގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް