މައި ކޮލެޖުގެ ސީއީއޯއަކަށް މުހައްމަދު ހަލީމް

މައި ކޮލެޖުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހައްމަދު ހަލީމް ހަމައްޖައްސައިފިއެވެ. ހަލީމް މި މަގާމަށް އައްޔަން ކޮށްފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޭއްވި މައި ކޮލެޖުން ބ...

02 Dec 2019 | 09:28

މައި ކޮލެޖުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހައްމަދު ހަލީމް ހަމައްޖައްސައިފިއެވެ.

ހަލީމް މި މަގާމަށް އައްޔަން ކޮށްފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޭއްވި މައި ކޮލެޖުން ބޭއްވި ތިން ވަނަ ލީޑާސް ސަމިޓުގައެވެ.

ތައިލެންޑުގައި ބޭއްވި މައި ކޮލެޖުގެ މި ސަމިޓުގައި ރާއްޖޭގައި ހިންގާ މައި ކޮލެޖުގެ ކެމްޕަސްތަކުގެ މެނޭޖަރުން ވެސް އައްޔަން ކޮށްފައެވެ.

މި ސަމިޓުގައި މައި ކޮލެޖުގެ ސީނިއާ މެނޭޖްމެންޓުގެ އިސް ހުރިހާ ބޭފުޅުން ބައިވެރިވި އެވެ. މި ސަމިޓުގެ ތެރެ އިން ވަނީ މައި ކޮލެޖު ދެ އަހަރުގެ ސްޓެރެޖެޓިކް ޕްލޭން ވެސް ތައްޔާރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް