ވިއްސާރައިގާ ހަތަރު ގެއެއް ވެއްޓި އިންޑިއާގައި 17 މީހަކު މަރުވެއްޖެ

މިހާރު އިންޑިއާގެ ތަމިލްނާޑޫއަށް ކުރަމުން އަންނަ ވިއްސާރައިގާ ނަދޫރު ވިލެޖުގައި ހަތަރު ގެއެއް ވެއްޓި އެ ގޭގައި ތިބި 17 މީހަކު މަރުވެއްޖެއެވެ. އޭގެ ތެރޭގައި ކުޑަ ދެ ކުއްޖަކުވެސް ހިމެނެއެވެ. މި ހާދިސާ ހ...

02 Dec 2019 | 08:48

މިހާރު އިންޑިއާގެ ތަމިލްނާޑޫއަށް ކުރަމުން އަންނަ ވިއްސާރައިގާ ނަދޫރު ވިލެޖުގައި ހަތަރު ގެއެއް ވެއްޓި އެ ގޭގައި ތިބި 17 މީހަކު މަރުވެއްޖެއެވެ. އޭގެ ތެރޭގައި ކުޑަ ދެ ކުއްޖަކުވެސް ހިމެނެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާ ގަޑިން މިއަދު ފަތިހު 05:30 ހާއިރުގައެވެ. މި ގެތައް ވެއްޓެން މެދުވެރިވީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވާއިރެ އެ ސަރަހައްދަށް ފާއިތުވި ދެ ދުވަހު އަންނަނީ ވަރަށް ބޯކޮށް ވާރޭވެހެމުންނެވެ.

ހާދިސާގައި ވެއްޓުނު ގެތަކުގެ ދަށުން ހަށިގަނޑުތައް މިހާރު ނަގާފައިވާއިރު މި ހާދިސާއިން އެއްވެސް މީހަކު ސަލާމަތްވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް