ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވަދެގަނެ އެތަން "ގޮއްވާލާނެ" ކަމުގެ އިންޒާރު ބިދޭސީއަކު ދިން ކަމަށްބުނެ އަޑުތަކެއް ފެތުރިފައިވާއިރު އެ މީހާގެ މައްސަލަ ދަނީ ފުލުހުންނާ ގުޅިގެން ބަލަމުން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 18ވީ ހޯމަ ދުވަހުގެރޭ 9:00 ޖަހާއެހާއިރު ބަންޑާރަކޮށީގެ މައި ގޭޓުން ރަޖިސްޓްރީ ނަންބަރުގައި "ސީ ----" ބޯޑު ޖަހާފައިވާ ވޭނެއް ވަނުމާއެކު ހުއްޓުވާފައިވާ ކަމަށެވެ.
އެ ވޭން ހުއްޓުވާ ބެލިއިރު އޭގައި އިނީ ބިދޭސީއެއް ކަމަށާއި އެ ވޭނުގައި އިތުރު މީހަކު ނެތް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ރާއްޖޭގައި މިއަދު އޮތް ހާލަތުން ނުރައްކާތެރި އެއްވެސް ކަމަކަށް ޝައްކު ކުރެވިއްޖެ ނަމަ އެކަން ސަލާމަތީ ޚިދުމަތްތަކަށް އެންގުމަށް އެމްއެންޑީއެފުން އެދެއެވެ.
މި ހާދިސާ އަށް ފަހު ސަލާމަތީ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް