ޑރ. މުއިއްޒު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން މައްސަލަ ޕޮލިހަށް

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ. އެގޮތަށް ނިންމ...

02 Dec 2019 | 07:17

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައެވެ.

މުއިއްޒުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ކޮމިޓީން ނިންމީ ދިވެހި ދައުލަތުން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސާ އެކު ހަދާފައިވާ އެއްބަސްވުން ދައުލަތުން ބާތިލްކުރުމަށްފަހު ބަދަލުގެ ގޮތުގައި 845 މިލިއަން ރުފިޔާ ދިން މައްސަލައިގައި މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް