ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މާފަނ...

02 Dec 2019 | 06:41

މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މާފަންނު ގެއެއްގެ ކޮޓަރިއެއްގައި އޮތް މީހަކު ހަބަރެއް ނުވެގެން އުޅޭކަމުގެ މައުލޫމާތު މިއަދު 10:19 ހާއިރު ސިފައިންނާއި ފުލުހުންނަށް ލިބުނެވެ.

މީހާ މަރުވެފައިވާކަން އޭޑީކޭ ޕެރެމެޑިކް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ.

"މިމީހާއަކީ 60 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ ގޭގެ ސިޑި ހުރިގޮތުން މީހާ ބޭލުމުގައި ދަތިވުމުން މީހާ ބޭލުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެނޑް ރެސްކިއު އިން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް