ރާއްޖޭގައި 24 ގަޑިއިރު ހިދުމަތްދޭ ހުރިހާ ސިއްހީ މަރުކަޒުތަކަށް ދެ ޑޮކްޓަރުން ހަމަވެގެން ދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އަމީން އެފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރު ކޮށް މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ބައެއް ސިއްހީ މަރުކަޒުތަކުގައި ޑޮކްޓަރުންގެ ދަތިކަން ހުރިކަން ސަރުކާރަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ތިމަރަފުށީގެ ސިއްހީ މަރުކަޒަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ތިމަރަފުށި ހޮސްޕިޓަލް އެޅުމަށް ހިނގަމުންމިދާ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ އެއްމިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.
ތިމަރަފުށީގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރައްވަންތޯ ދެވަނަ ފަހަރަށް ވެސް މެންބަރު ރިޔާޒު ސުވާލުކުރެއްވުމުން މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ހިދުމަތް ތަރައްގީ ވަނީ އެ އިމާރާތަށް ކިޔާ ނަމަކުން ނޫން ކަމަށާއި އަދި އެތަނެއްގެ ބޮޑު މިނަކުން ވެސް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް