ގަވާއިދާ ޚިލާފަށް ގެސްޓްހައުސް ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް ގެސްޓްހައުސް ހިންގަމުންދިޔަ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެގޮތުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 29 އަހަރުގެ ބަންގްލ...

02 Dec 2019 | 05:42

ޤަވާއިދާ ޚިލާފަށް ގެސްޓްހައުސް ހިންގަމުންދިޔަ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެގޮތުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 29 އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ.

އިމިގްރޭޝަނުން އާއްމުކުރި ވީޑިއޯގައި ބުނެފައިވަނީ ގެސްޓް ހައުސެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަނެއްގައި 100 އަށް ވުރެ ގިނަ ބިދޭސީން ގެންގުޅެމުންދާ ކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި މީހާ އަތުލައިގެންފައިވަނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް