ހައިލަމް ވަކި ކުރުމުގެ މައްސަލަ ކޮމެޓީއަށް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް، ފަނޑިޔާރުކަމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ. ގާޒީ ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނި...

02 Dec 2019 | 05:17

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް، ފަނޑިޔާރުކަމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.

ގާޒީ ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ކޮމިޝަނުން އާދިއްތަ ދުވަހުގެރޭ ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ.

ފަނޑިޔާރުކަމުން ގާޒީ ހައިލަމް ވަކިކުރަން ޖޭއެސްސީން ނިންމާފައި ވަނީ ސުލޫކީ މައްސަލަތަކެއް އެކޮމިޝަނުން ބެލުމަށްފަހު، އެކަން ސާބިތުވާ ކަމަށް ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާޤުން ނިންމުމާ ގުޅިގެންނެވެ.

ހައިލަމް ސަސްޕެންޑް ކުރުމާގުޅިގެން ކްރިމިނަލް ކޯޓުގެ ހިންގުން އެކޯޓުގެ ގާޒީ އަލީ ރަޝީދުއާ ވަގުތީ ގޮތުން ޖޭއެސްސީން ވަނީ ހަވާލުކުރައްވާފައެވެ.

ފަނޑިޔާރު ހައިލަމްގެ އިތުރުން، ދެ ފަނޑިޔާރެއް ވަކި ކުރުމުގެ މައްސަލަ ވެސް ވަނީ ކޮމެޓީއަށް ފޮނުވާފައެވެ.

އެ ދެ ފަނޑިޔާރުންނަކީ ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު އަލީ މުހައްމަދާއި، ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ހުސައިންއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް