މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާ އަނެއްކާވެސް މިސްކިތަށް ކުޑަކަމުގޮސްފި

ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒާއި ރައީސް އޮފީސް ކުރިމައްޗައް ކުޑަކަމުދިޔަ 40 އަހަރުގެ މީހާ ހަސަން ޒިޔާދު އަނެއްކާ ވެސް މިސްކިތަކަށް ކުޑަކަމު ގޮސްފި އެވެ. އޭނާ މިރޭގެ ވަގުތެއްގައި ކުޑަކަމުދިޔައީ މަ...

02 Nov 2021 | 17:52

ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒާއި ރައީސް އޮފީސް ކުރިމައްޗައް ކުޑަކަމުދިޔަ 40 އަހަރުގެ މީހާ ހަސަން ޒިޔާދު އަނެއްކާ ވެސް މިސްކިތަކަށް ކުޑަކަމު ގޮސްފި އެވެ.

އޭނާ މިރޭގެ ވަގުތެއްގައި ކުޑަކަމުދިޔައީ މަޖީދިއްޔާ ސުކޫލާއި ކައިރީގައި ހުންނަ އިބްރާހިމް އިސްކަންދަރު މިސްކިތުގެ ހަރިންމަ ތެރެއަށެވެ.

މިދިޔަ މަހުގެ ތިން ވަނަ ދުވަހު ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒާއި ރައީސް އޮފީސް ކުރިމައްޗައް ކުޑަކަމުދިޔަ މައްސަލައިގައި އޭނާ ބަންދު ކުރުމަށްފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށްފަހު ބަންދުން ދޫކޮށްލައިފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އޭނާ އަކީ ނުކުޅެދުން ތެރިކަން ހުންނަ މީހެއް ކަމުގައެވެ. އޭނާ ދެވަނަ ފަހަރަށް ކުޑަކަމުދިޔަ މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުން ފިޔަވަޅެއް އަޅާފައިވާ ކަމެއް އެނގިފައެއްނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް