ކޮވިޑަށް ޕޮޒިޓިވް ވި އަދަދު މިއަދު ހުރީ 100 އިން މަތީގަ

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑް-19އަށް އިތުރު 143 މީހުން ޕޮޒިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ އޭގެތެރޭގައި ހިމެނެނީ މާލެއިން 23 މީހުންނާއުި އަތޮޅުތަކުން 117 މީހުުންނާއި ރިސޯޓުތަކުން 3 މީހުނ...

02 Nov 2021 | 17:10

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑް-19އަށް އިތުރު 143 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އޭގެތެރޭގައި ހިމެނެނީ މާލެއިން 23 މީހުންނާއުި އަތޮޅުތަކުން 117 މީހުުންނާއި ރިސޯޓުތަކުން 3 މީހުން ކަމަށެވެ.

މިއާއެކު 88،058 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، މިވަގުތު މިބައްޔަށް 1،860 މީހުން ނެވެ. އަދި 30 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ނެވެ.

ފާއިތުވި 24 ގަޑިއިރު މިބަލިން 119 މީހުން ވަނީ ރަނގަޅުވެފައިވާ އިރު، ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 85،942 އަށް އަރާފަ އެވެ.

މިބަލީގައި މިހާތަނަށް 243 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް