އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލާމާތްތައް ހުރުމުން ފްލޫ ކްލިނިކަށް ގޮސް ޓެސްޓުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި ޕޮޒިޓިވްކަން އެނގުނީ މިއަދު އެވެ.
ފުއާދު އާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ވަނީ އިއްޔެވެސް އޮފީހަށް ވަޑައިގެންފަ އެވެ.
އަދި ދެ ސެޝަނެއްގެ ސްޓާފުންނާއެކު މީޓިންގ ވެސް ބާއްވާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
ފުއާދު އާ ހަވާލާދީ ބުނެފައިވަނީ އޮފީސް މާހައުލުގައި އުޅުއްވަނީ މާސްކު އަޅުއްވައިގެން އަދި ބަހައްޓަން ޖެހޭ ގައިދުރުމިން ބަހައްޓައިގެން ކަމަށެވެ. އަދި މުވައްޒަފުންވެސް އުޅެނީ މާސްކު އަޅައިގެން ކަމަށެވެ.
ފުއާދު ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ހާލުކޮޅު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް